ބައެއް މީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. މިބައިމީހުންގެ އިއުތިޤާދުގައި ދުނިޔެ ހެއްދެވި ޚާލިޤަކު ނުވެއެވެ. މި މީހުންގެ ނަމަކީ އެތީސްޓުންނެވެ. ނުވަތަ މުލްޙިދުންނެވެ.
ގަޑިއަކު 1000 މޭލު ބާރުމިނުގައި ދުނިޔެ އޭގެ ޚިޔާލީ ނާރެހުގައި އެނބުރޭކަމުގައި ބަލަމާ ހިންގަވާށެވެ. މި ބާރުމިން ގަޑިއަކު ސަތޭކަމޭލަށް ލަސްވެއްޖެނަމަ ރެއާއި ދުވާލު ދިހަ ގުނަޔަށް ދިގުވެގެންދާނޭކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުގެ ހޫނާއި ރޭގަނޑުގެ ފިނި އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ދުވާލުގެ އިރުގެ ހޫނުކަންގަދަވެ ގަސްގަހާގެހި އަންދާލާނޭކަމުގައި ބުނެވެއެވެ. ދިރުންހުރި އެންމެހައި ތަކެއްޗެއް މިހޫނުގެ ސަބަބުން މަރުވެ ނެތި ފަނާވެދާނެއެވެ. ހަމަ މިބީދައިން ބާކީ ހުރި އެއްޗެއް ރޭގަނޑުގެ ގަދަ ފިނީގެ ސަބަބުން ހަލާކުވެ ނެތިދާނެއެވެ
ގަޑިއަކު 1000 މޭލު ބާރުމިނުގައި ދުނިޔެ އޭގެ ޚިޔާލީ ނާރެހުގައި އެނބުރޭކަމުގައި ބަލަމާ ހިންގަވާށެވެ. މި ބާރުމިން ގަޑިއަކު ސަތޭކަމޭލަށް ލަސްވެއްޖެނަމަ ރެއާއި ދުވާލު ދިހަ ގުނަޔަށް ދިގުވެގެންދާނޭކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުގެ ހޫނާއި ރޭގަނޑުގެ ފިނި އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ދުވާލުގެ އިރުގެ ހޫނުކަންގަދަވެ ގަސްގަހާގެހި އަންދާލާނޭކަމުގައި ބުނެވެއެވެ. ދިރުންހުރި އެންމެހައި ތަކެއްޗެއް މިހޫނުގެ ސަބަބުން މަރުވެ ނެތި ފަނާވެދާނެއެވެ. ހަމަ މިބީދައިން ބާކީ ހުރި އެއްޗެއް ރޭގަނޑުގެ ގަދަ ފިނީގެ ސަބަބުން ހަލާކުވެ ނެތިދާނެއެވެ
އިރުގެ ޞަތަޙައިގެ ހޫނުމިނަކީ، ގާތްގަނޑަކަށް 9900 ޑިގުރީ ފެރަންހެއިޓެވެ. އިރާއި ބިމާއި ދެމެދު މިހާރު ހުރި ދިގުމިނަކީ 700, 935, 92 މޭލެވެ. ނުވަތަ 8.5 މިނިޓުން އައްޔަށް ދަތުރުކުރެވޭ ދުރުމިނެވެ. މިދުރުމިނަކީ، އިރުގެ ގަދަ ހޫނު ބިމަށް ފޯރިޔަސް ބިން އަނދައި ހުލި ނުވާހާ ދުރުމިނެވެ. އިރުން ބިމަށް ލިބޭ ހޫނު ދެބައިކުޅަ އެއްބަޔަށް މަޑުވެއްޖެނަމަ، ފިނިވެގެންގޮސް އަޅުގަނޑުމެން އެންމެން މަރުވެއްޖައީހެވެ. އަދި އިރުގެ ހޫނު ދެގުނަޔަށް ގަދަވެއްޖެނަމަ އެހޫނުގެ ސަބަބުން އަޅުގަނޑުމެން އެންމެން އަނދައި ހުލިވެއްޖެއީހެވެ
ދުނިޔޭގެ ޖައްވު ނުވަތަ އެޓްމޮސްފިއާއޭ މިކިޔާ ތަން މިހާރު މިއޮތްވަރަށްވުރެ ތުނިވެއްޖެނަމަ ދުނިޔޭގެ ފަޒާގެ ތެރެއަށް ވަނުމުން އަނދައިގެންދާ ކޮސްމިކް އޮބްޖެކްޓުތައް ހަލާކުނުވެ ބިމުގެ އެތަންމިތަނަށް ވެއްޓި ބިމުގައި ހުޅުރޯވެ އިސާހިތަކު ބިން އަނދައި ހުލިވެއްޖެއީހެވެ. ޝައްކެއްނެތެވެ! ދުނިޔޭގެ ޖައްވު މިވަނީ އެއަށްވުރެ މާ ފުރިހަމަޔަށެވެ
ކިޔުންތެރީންނެވެ! އަޅުގަނޑު މިބަޔާންކޮށްލީ ސައިންސްގެ އަލީގައި ހެކިދައްކައިގެ ދުނިޔޭގެ ނިޒާމާއިބެހޭ އެންމެ ތިން ކަމެވެ. މިފަދަ ކިތަންމެ ވާހަކައެވެސް ދެއްކިދާނެއެވެ. ޚުދު ތިޔަބޭފުޅުންވެސް މިބާވަތުގެ މަޢުލޫމާތުތައް ދެނެވަޑައިގަންނަވާނޫއެވެ. ވުމާއިއެކު ހުރިހާ ވާހަކައެއް ލިޔުމުގެ މާނައެއްނެތެވެ
މަތީގައި އަޅުގަނޑު ބަޔާންކޮށްފައިވާ ކަންތައްތަކާއި ތިޔަބޭފުޅުންގެ މަޢުލޫމާތުގެ ޙަޒާނާގައި ރައްކާކުރެވިފައިވާ މިބާވަތުގެ ޞައްޙަ މަޢުލޫމާތުތަކާއި، "ދުނިޔެ އުފެދި ހިނގަމުންމިދަނީ އިއްތިފާޤަކުންނޭ" ބުނާ ބުނުމާއި އަޅާކިޔުމުގެ ނަޒަރަކުން ބައްލަވާލައްވާށެވެ! އަޅުގަނޑު ބެލި ބެލުމުން "ދުނިޔެ އުފެދި ދުނިޔޭގެ މިހިނގާ ކަންތައްތަކަކީ އިއްތިފާޤުން ހިނގާކަމެއް" ކަމަށް ބުނާބުނުމުގައި އޮށްޓަރެއް ނެތެވެ. ފިކުރާވާފަދަ ޖާދުވީ އަސަރެއްވެސް ނެތެވެ. ޖަޒުބާތީ ރޫހެއް އުފެދި އެމަށްޗަށް ހިތް ލެނބޭފަދަ ޖުމުލަޔަކަށްވެސް "ދުނިޔެ އުފެދުނީ އިއްތިފާޤަކުން" މި ޖުމުލަ ނުވިއެވެ. އަޅުގަނޑުގެ ނަފުސު އަޅުގަނޑަށް ނަސޭހަތްތެރިވަނީ ބުއްދި އިސްކުރުމަށެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޤައުމުގެ ޒުވާނުންނޭވެ! އެންމެ ފަހަރަކު އަޅުގަނޑު މިދަންނަވާ ޢަމަލީ ތަޖުރިބާ ކޮށްލައްވާށެވެ!
ހ. ދިހަ ކަރުދާސްކޮޅު އެއް ސައިޒަކަށް އެއް ބައްޓަމަކަށް ކަފާލައްވާށެވެ. މި ހުރިހާ ކަރުދާސްކޮޅުތަކެއް ހުންނަންވާނީ މުޅީން އެއްގޮތަކަށެވެ
ށ. ކަފާފައިވާ ކަރުދާސްކޮޅުތަކުގައި ހިސާބު އަނކުރު އެކަކުން ފެށިގެން ދިހަޔަކަށް ކޮންމެ ކަރުދާސް ކޮޅެއްގައި އެއް ޢަދަދު ޖައްސަވާލައްވާށެވެ
ނ. ހިސާބު ޢަދަދު ޖެއްސެވި ދިހަ ކަރުދާސްކޮޅު އެތެރެ ނުފެންނަ އެއްޗެއްގެތެރެއަށް، ނުވަތަ ޖީބައް ލައްވާށެވެ
ރ. ދެން އެއަށްފަހު އެކަރުދާސްކޮޅުތަކުގެ ތެރެއިން ފަހަރަކު ކަރުދާސްކޮޅެއް ނަންގަވަމުން ގެންދަވާށެވެ. މިގޮތަށް ނަންގަވާއިރު ކަރުދާސްކޮޅުތައް އަޅާފައިވާއެތީގެތެރެއަށް ނުބައްލަވާށެވެ. ކޮންމެ ކަރުދާސްކޮޅެއްވެސް ނެންގެވުމަށްފަހު އެކަރުދާސްކޮޅެއްގައިވާ ޢަދަދު އެ ނެގުނު ތަރުތީބަކުން އެހެން ކަރުދާސް ގަނޑެއްގައި ޖައްސަވަމުން ގެންދަވާށެވެ
ބ. މިގޮތަށް ސަތޭކަ ފަހަރު، ނުވަތަ ތިބާ އެދޭ މިންވަރަކަށް މި ޢަމަލު ތަކުރާރު ކުރައްވާށެވެ
ޅ. ދެން އެކަކުން ދިހަޔަކަށް ތަރުތީބުން އެއްވެސް އޮޅުމެއް، ފުށުއެރުމެއްނެތި ކަރުދާސްކޮޅުތައް ނެގުނީ ކިތައް ފަހަރުތޯ ބައްލަވާށެވެ
އާދޭހެވެ! ސަތޭކަޔަކުން އެއްފަހަރު ނުވަތަ ދެފަހަރު ނަމްބަރުތައް ތަރުތީބުން ނެގުމަކީ ވެދާނޭ ކަމެކެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އެކަކުން ދިހަޔަކަށް ތަރުތީބުން ނަމްބަރުތައް ދިމާވުމަކީ މުސްތަޙީއްލު ކަމެކެވެ. އެހެން އެގޮތަށް ދިމާވާން އެދޭނަމަ ކޮންމެވެސް ހީލަތެއް ނުވަތަ ނަގާ ކަރުދާސްކޮޅުގައިވާ ޢަދަދު އެނގޭނޭ ކޮންމެވެސް ގޮތެއް ޖެހޭނީ ރާވާށެވެ. މިފަހަރު އެއްކަލަ 'އިއްތިފާޤު' ކޮަބައިބާވައެވެ؟ 'އިއްތިފާޤަކުން' މި ނަމްބަރުތައް ތަރުތީބުން ދިމާނުވީ ކީއްވެބާވައެވެ؟ އެކުވެރީންނޭވެ! ދުނިޔެ އުފެދުމާއި ދުނިޔޭގައި ހިންގަމުންމިދާ އެންމެހައި ކަންތައް އެއްވެސް ފުށުއެރުމެއްނެތި ހަމަޖެހޭ އިންތިޒާމެއްގެދަށުން ހިންގަމުންމިދާ ދިއުމާއި، ދުނިޔެ ދެމިއޮތުމަކީ ހަމަ އިއްތިފާޤެކޭ ބުނުމަށް އަޅުގަނޑުމެންގެ ސަލާމަތް ބުއްދި އަޅުގަނޑުމެންނަށް ފުރުސަތު ދޭތޯއެވެ؟؟ އަޅުގަނޑަކަށް މި ޚިިޔާލީ ތާކުންތާކު ނުޖެހޭ ފިކުރު އާދެ އިލްޙާދުގެ ފިކުރު ޤަބޫލެއް ނުކުރެވުނެވެ. މާޢާފުކުރައްވާށެވެ! އަޅުގަނޑު މޮޔައެއްކަމުގައި ވެގަތުމަށް އަޅުގަނޑުގެ ޒަމީރު ޤަބޫލެއް ނޫނެވެ. ތިބާ ކިތަންމެ އާދޭހެއް ކުރިޔަސް ކުރާނޭ ކަމެއް ނެތެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިދުނިޔެ ހިނގަމުން މިދަނީ ބާރުވެރި އިލާހެއްގެ ނިޔާއާއި މިންވަރުފުޅާއި އެއްގޮތަށް ކަމަށެވެ. އެކަލާންގެ ޤާނޫނު ނިޔާކުރާ ގޮތުގެ މަތީންކަމަށެވެ